ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ގުޅުން އޮތީ ބަދަހިކޮށް ކަމަށައި ކުރިޔަށް އޮތްތަނުގެ އެ ރޫހު އޮންނާނީ އެގޮތުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބޭއްވި ފުރަތަމަ ކޯލިޝަން ލީޑަރުންގެ ބައްދަލުވުމުގައި ވަނީ އެމަނިކުފާނަށް އެންމެ މަތީ މަޝްވަރާ އަރުވާނީ ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ކަމަށް ވިދާޅުވެ، އެ މަޝްވަރާއާ ހިޔާލު ހޯދުމަށް ކޮންމެ މަހަކު އެއްފަހަރު ލީޑަރުންނާ ބައްދަލު ކުރެއްވުމަށް ނިންމަވައިފަ އެވެ. ނަމަވެސް މިހާތަނަށް ބޭއްވިފައިވަނީ އޭގެ އެންމެ ބައްދަލުވުމެކެވެ.
މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ކޯލިޝަން ލީޑަރުންގެ ގުޅުން ބަދަހި ކަމަށާއި ސަރުކާރު ހިންގެވުމައިގައި ރައީސް ސޯލިހު އެބޭފުޅުންގެ މަޝްވަރާ ހޯއްދަވާ ކަމަށެވެ. އަދި ކޯލިޝަންގެ ލީޑަރުން ރައީސަށް މުހިންމު ކަންކަމުގައި ހިޔާލު ވެސް ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ކޮލިޝަންގެ ގުޅުން އޮތީ ވަރުގަދަކޮށް، އެގޮތަށް ގުޅުން ބޭއްވުމުގެ ވިސްނުން ރައީސް ސޯލިހްގެ އެބަހުރި. އަދި ކޯލިޝަން ލީޑަރުން ވެސް އެގޮތަށް މަސައްކަތް ކުރައްވާ،" މަބުރޫކް ވިދާޅުވި އެވެ.
ރައީސް ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކޮންމެ މަހަކު އެއް ފަހަރު ބައްދަލު ކުރެއްވުމަށް ނިންމަވާފައިވަނީ ޕާޓީތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް ބޭއްވުމަށާއި ސިޔާސީ ބޮޑެތި ނިންމެވުންތައް ނިންމަވާށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު