މިޔުޒިކު ހަރާން ކަމަށް ގޮވާލުމަކީ ދިވެހިން ނިކަމެތިކުރަން ހިންގާ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދާ ބަހުސާ ގުޅިގެން، މިއުޒިކަކީ ހަރާން އެއްޗެއްކަމަށް ބުނެ ބައެއް އިލްމުވެރިން ސޯޝަލް މީޑީއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެކަމާގުޅިގެން މަޖިލިސް ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިޔުޒިކަކީ ގިނަ ދިވެހިންގެ އާއްމު ދިރިއުޅުމާ ގުޅިފައިވާކަމެއް ކަމަށެވެ. އަދި ބައެއްގެ އާއްމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެބައެއްގެ މުޖުތަމައު ރޫޅައިލުމަށް ހިންގޭ މަސައްކަތެއް ކަމަށާއި، ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މެންބަރު ހަސަން ލަތީފުގެ ގަރާރާ ގުޅިގެން ސޯޝަލް މީޑިއާގައި ދިނީ އިލްމުވެރިން ބޮޑެތި ފާޑުކިއުންތަކެއް ދަނީ ކިޔަމުންނެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް