މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރަކީ ހަނގުރާމައަށް ހަރުކަށި ތޯލިބާނުން ހަދާ ތަމްރީނުތައް ހައްދަވާފައިވާ ބޭފުޅުންތޯ އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އެކަން ބެލުމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް އެންގެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު ދެއްކެވި ވާހަކަ އަކާ ގުޅިގެންނެވެ.
ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިންނެވި، އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ތޯލިބާނުންނާއެކު ޓްރެއިިނިން ހެދިތޯ، އެމީހުންގެ ހިސްޓްރީ ބަލާލަން ޖެހޭ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ނަޒީރަކީ ކައުންޓަޓެރަރިޒަމް ކޮމިޓީގައި އިންނަވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން އޭނާވެސް އެ ޓްރެއިނިން ހަދާފައިވޭތޯ އާއި އޭނާގެ ހިސްޓްރީވެސް ބަލަން ޖެހޭ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމުގެ ވާހަކައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރު ޝިޔާމުގެ ވާހަކައިގައި، މިސްބާހާއި އަލީ ނަޒީރު ތާލިބާނުންގެ ތަމްރީނަށް ދިޔަތޯ ސުވާލު އުފައްދަވާފައިވާ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިޔެގެން، އެކަން އޮޅުން ފިލުއްވުމަށް އަމީން އާއްމަށް ދަންނަވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޝިޔާމުގެ ވާހަކައިގައި ފާހަގަ ކުރެއްވީ ވަރަށް މުހިއްމު ނުކުތާއެއް ކަމަށާއި އެ ދެބޭފުޅުންކީ، "ތިޔަ ވިދާޅުވި ބާވަތުގެ ތަމްރީނެއްގައި ނުވަތަ ތިޔަ ވިދާޅުވި ބާވަތުގެ ވިސްނުމަށް ލެނބިވަޑައިގެން ތިއްބެވި ދެ ބޭފުޅުން ތޯ ސާފު ކުރުމަކީ މަޖިލީހުން ކުރަން ޖެހޭނެކަމެއް ކަމަށެވެ.
މަރުތައް ތަހުގީގުކުރާ ކޮމިޝަން
މަރުތައް ތަހުގީގުކުރާ ކޮމިޝަން
މަރުތައް ތަހުގީގުކުރާ ކޮމިޝަން