އެކި ދުވަސްވަރު އެކި ގޮތްގޮތަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރި 61 ރަށާއި 24 ފަޅު ނުހެދި އެބައޮތް ކަމަށާއި އެއީ ދައުލަތަށް ލިބޭ ވަރަށްބޮޑު ގެއްލުމެއްކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމު ވިދާޅުވީ، އެ 24 ފަޅުގެ ތެރެއިން ފަސް ފަޅު މިހާރު އޮތީ ހިއްކައިފަ ކަމަށާއި، އަނެއް ފަސް ފަޅު އޮތީ ހިއްކުމުގެ އެކި މަރުހަލާ ތަކުގައި ކަމަށެވެ.
ނަމަވެސް 14 ފަޅު އަދިވެސް އޮތީ ކަނޑު އަޑީގައި، ފަޅުގެ ގޮތުުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުން ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ އަލީގައި ޓޫރިޒަމަށް ދޫކޮށް ނުހެދި ހުރި ތަންތަނުގެ މަސައްކަތް ފަށަމުންދާ ކަމަށެވެ.
އެގޮތުން އެ ތަންތަނުގެ އެގްރީމެންޓް އޮތް ބޭފުޅުންނާ މިނިސްޓްރީން ބައްދަލު ކުރަމުންދާ ކަމަށާއި، އަންނަ މާޗް މަހުގެ މެދެންހާ ހަމައަށް އެ އެންމެނާ ބައްދަލުކޮށް ކަންތައްތައް ކުރިއަށް ގެންދާނެ ތާވަލެއް އެކުލަވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް