ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑީވްސް (އެޗްއާރުސީއެމް) އަށް އައިޝަތު ލީޒާ، އޭރީޒް ށ. ކޮމަންޑޫ، އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ލީޒާ އެޗްއާރުސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު، މިއަދުގެ ޖަލްސާއަށް އިއްވުމުން، އޭނާގެ ނަން އިތުރަށް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުއްވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިއެވެ.

އެޗްއާރުސީއެމްގެ މެންބަރު ކަމަށް ލީޒާ އައްޔަން ކުރަން މަޖިލީހަށް ފޮނުވީ، އެ ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވެގެންނެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އައިމިނަތު ޝަފާއަތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.