ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ފަހަތުން އަރައި ރެއާލް ބެޓިސް ބަލިކޮށްފިއެވެ.
ރޭ ރަށުން ބޭރުގައި ބާސާއިން ކުޅުނު މެޗު 3-2 އިން އެޓީމުން ކާމިޔާބު ކޮށްފައިވާއިރު، މޮޅާއެކު އެޓީމުން ވަނީ ލީގުގެ ދެވަނައަށް ޖެހިލައިފައެވެ. 21 މެޗުން 43 ޕޮއިންޓް ބާސާއަށް ލިބިފައިވާއިރު، އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ބާސާއަށްވުރެ ދެ މެޗު މަދުން ކުޅެ، 50 ޕޮއިންޓާ އެކުގައެވެ.
ތިންވަނައިގައި އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 21 މެޗުން 43 ޕޮއިންޓް ލިބިފައިވާއިރު، ބާސާ މިވަގުތު ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ބެޓިސް އޮތީ ލީޑުގަ އެވެ. ހާފު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ބެޓިސްއަށް ލިބުނު ކޯނަރެއްގެ ބޭނުން ހިފައި އެޓީމަށް ލީޑު ނަގައިދިނީ ބޯޖާ އިގްލީސިއެސްއެވެ. މެޗަށް ރެސްޓު ދިނުމުގެ ގޮތުން ފުރަތަމަ 11 ގައި ކެޕްޓަން ލިއޮނަލް މެސީ ހިމަނާފައި ނުވި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ކޯޗު ރޮނަލްޑް ކޯމަން ވަނީ މެސީ ދަނޑު މައްޗަށް ނެރެފަ އެވެ.
އެ ބަދަލަށް މިނެޓެއްހާއިރު ވީއިރަށް މެސީގެ ފެންވަރު އޭނާ ދައްކާލިއެވެ. މެސީގެ ގޯލާއެކު މުޅި މެޗުގެ އޮއެވަރު ބަދަލުވެގެން ދިޔައެވެ. ވިކްޓާ ރުއިޒްގެ އަތުން ބައިކޮޅަށް ވަން ގޯލާއެކު ބާސާއިން ލީޑު ނެގިއެވެ. އަނެއްކޮޅަށް ރުއިޒް ޖެހި ގޯލާއެކު ބެޓިސްއިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، 87 ވަނަ މިނެޓުގައި ޓްރިންކާއޯ ޖެހި ގޯލާއެކު ބާސާއިން ތިން ޕޮއިންޓް ޔަގީން ކުރިއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު