ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓާ ކުރުމަށްފަހު އެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުން އެދޭ ކަމަށެވެ. އަންސާދީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި އިސްލާމިކް މިނިސްޓްރީގެ މީޓިން ރޫމް އެކެއްގައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، ޕްރީ ބިޑް މީޓިން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި ބީލަމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 11 ފެބްރުއަރީ 2021 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ މިނިސްޓްރީގެ މެއިލް mv.gov.islamicaffairs@procurement މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދޭ ކަމަށެވެ.

އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 17 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން mv.gov.islamicaffairs@procurement އަށް އީމެއިލް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.