ކޮވިޑް ވައިރަސް ހޯދި ވުހާންގެ ލެބަށް ޑަބްލިއުއެޗްއޯ ޓީމު ޒިޔާރަތްކޮށްފިއެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު ކޮވިޑްގެ ވައިރަސް ޗައިނާގެ ވުހާންގެ މާރުކޭޓުން ފެނި ވައިރަހުގެ ދިރާސާތައް ކޮށް ވައިރަހުގެ ބާވަތް ދެނެގަނެފައިވާ ވުހާންގެ އިންސްޓިޓިއުޓް އޮފް ވިރޮލޮޖީ އަށް ޑަބްލިއުއެޗްއޯގެ ޓީމުތައް ޒިޔާރަތްކޮށް ގިނަ މައުލޫމާތުތަކެއް ވަނީ ހޯދައިފައެވެ.
ޗައިނާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑަބްލިއުއެޗްއޯގެ ޓީމުން ތިބީ ވުހާން އިންސްޓިޓިއުޓްގެ ސައިންޓިސްޓުންގެ ޕްރޮފިޝަނަލިޒަމް އާ މެދު ހައިރާން ވެފައެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން މިހާތަނަށް ހޯދި އެއްވެސް މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. އެޓީމުން ވަނީ ވުހާންގައި ވައިރަހާ ގުޅުން ހުރި ގިނަ ތަންތަނަކަށް ޒިޔާރަތް ކޮށްފައެވެ. އެގޮތުން ވުހާން އިން ކޮވިޑް ފުރަތަމަ ފެނުނު މާރުކޭޓަށްވެސް އެޓީމުން ވަނީ ޒިޔާރަތް ކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން ވަނީ ވުހާން އިން ކޮވިޑް ވައިރަސް ފެންނަން ދިމާވި ސަބަބު ދެނެގަތުމާއި ވައިރަސް އުފެދިފައިވާ ގޮތް ހޯދުމަށް ތަހުގީގު ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ