އިންޑިއާގެ އެންމެ ބޮޑު އޮންލައިން ޓްރެވެލް އެޖެންސީ "މޭކްމައިޓްރިޕް" އާއެކު ވިޒިޓް މޯލްޑިވްސް އިން ޖޮއިންޓް މާކެޓިން ކެމްޕެއިނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން ތިން މަސް ދުވަހަށް ދެމިގެންދާނެ ކަމަށެވެ. އަދި މި ކެމްޕެއިންގެ ތެރެއިން ރާއްޖޭގެ ތަފާތު ޑިސްކައުންޓުތަކާއި ޕްރޮމޯޝަނަލް އޮފާތަކުގެ އިތުރުން މޭކްމައިޓްރިޕުގައި ޑިޖިޓަލް އިޝްތިހާރުތައް ދައްކާލާނެ ކަމަށެވެ.
ފަތުރުވެރިން ދިވެހި ރާއްޖެއަށް އައުމަށް ޝައުގުވެރިކަން އުފައްދައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ޖަޒީރާ ރަށްތަކެއްކަން ޗުއްޓި ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް މި ކެމްޕެއިންގެ ތެރެއިން އަންގައިދޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.
މޭކްމައިޓްރިޕަކީ ޒަމާނީ ފެންވަރަށް އުފައްދާފައިވާ އާ މަންޒިލްތައް ހޯދައި ޗުއްޓީ ދަތުރު ޕްލޭން ކުރުމަށް އިންޑިއާގައި އުފައްދާފައިވާ އެންމެ ބޮޑު ޕްލެޓްފޯމެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް 42 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު