މާލޭގެ ގެއެއްގައި ހުރި ގޭސްފުޅިއެއްގައި ރޯވެ ދެމީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މާފަންނު ގެއެއްގައި ހުރި ގޭސްފުޅިއެއްގައި ރޯވެގެން އެކަމުގެ މައުލޫމާތު މިރޭ 9:55 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީންނަށެވެ. އެ ދެ މީހުންވެސް ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު