ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ އިރު، މިހާރު ފެންނަމުން ދަނީ ރާއްޖެއަށް އެ ބަލީގެ ތިންވަނަ ރާޅު އައިސްފައިވާ މަންޒަރު ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އަދި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ރާއްޖެއިން ފެންނަމުން މިދަނީ ކޮވިޑްގެ ތިންވަނަ ރާޅު ކަމަށާއި އުންމީދު ކަނޑާނުލައި އެކަކު އަނެކަކަށް އިނގިލި ދިށްނުކޮށް، އެންމެން ގުޅިގެން ތިންވަނަ ރާޅުންވެސް ސަލާމަތްވެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއީ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް ކޮވިޑް ކޭސްތައް މަދުކުރުމަށް އެންމެ ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
ކޮވިޑްގެ ކޭސްތައް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން މިދިޔަ ހަފުތާއިން ފެށިގެން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު 100 އިން ދަށްވެފައެއް ނުވެއެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 ކޭސް ފެނެއެވެ.
މީގެ އިތުރުން މިއަދުވެސް ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފައެވެ. އެގޮތުން މިއަދު 215 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ ކުރިން 215 މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ދެވަނަ ދުވަހުއެވެ.
މިދިޔަ މަހު އެކަނިވެސް މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެއީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު މި ބަލީގައި މަރުވި 60 އަހަރުގެ ދިވެހި ފިރިހެނަކާއި 21 ވަނަ ދުވަހު މަރުވި 77 އަހަރުގެ ދިވެހި ފިރިހެނަކާއި އޭގެ ފަހުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު 86 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި އިއްޔެވެސް ވަނީ މި ބަލީގައި މީހަކު މަރުވެފައިވެއެވެ. އިއްޔެ މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 16،056 އަށް ވަނީ އަރައިފައެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 52 މީހަކު ވަނީ މަރުވެފައެވެ. އެއީ 45 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު