ކުޅުދުއްފުށީ ސިޓީ އާއި އައްޑޫ ސިޓީގައި ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު މިއަދު ވަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި މިއަދު 10:00ގައި ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ މިއަދު ވެކްސިން ދޭން ނިންމާފައިވަނީ 30 މީހުންނަށް ކަމަށާއި އެއީ ސިއްހީ ހިދުމަތްތެރިންނާއި ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިސް މުވައްޒަފުންނަށް ކަމަށެވެ.
އައްޑޫ ސިޓީގައިވެސް މިހާރު ވެކްސިން ޖަހަން ފަށާފައިވާއިރު މިއަދު ޖެހުމަށް ހަމަޖެހިފައިވަނީ އެ ސިޓީގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ގަޔަށެވެ.
މިއަދު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާންގެ އިތުރުން ސިއްހީ ބައެއް ހިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފަ އެވެ.
މާލޭގެ ފަސް ހޮސްޕިޓަލެއްގެ އިތުރުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިއަދު ކޮވިޑް ވެކްސިން ދޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު