ލ. ގަން-މުކުރިމަގުގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ގަން-މުކުރިމަގުގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއުގެ ދަށުން، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 5،454 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ވަންނަން އޮންނަ ނެރު އަލުން ފުންކުރުމާއި، 1،938 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ 45 ދުވަހުގެ ތެރޭ ނިންމަން ކަނޑައަޅާފައިވާ މަޝްރޫއެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު