ކޮވިޑް 19ގެ އާ ވޭރިއަންޓް އުޅޭތޯ ބެލުމަށް ޓެސްޓުކުރުމަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑުގެ އާ ވޭރިއަންޓުތައް ފެނުމަކީ ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން ރާއްޖެ އަންނަ މީހުން ދިހަ ދުވަހަށް ކަރަންޓީންކުރަން ނިންމި އެއް ސަބަބު ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމެއް ކަމުން ރާއްޖެއަށް ކޮވިޑްގެ އާ ވޭރިއަންޓް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކުގައި ވޭރިއަންޓެއް އުޅެންޏާ ވަރަށް އަވަހަށް ފެތުރިގެންދޭ. ރާއްޖޭގައިވެސް ވޭރިއަންޓެއް އުޅުމުގެ ފުރުސަތު އެބައޮވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖޭގައި އުޅޭތޯ ބެލުމަށް ޖެނެޓިކް ޓެސްޓު ކުރުމަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ސާމްޕަލްތައް ފޮނުވުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"އިތުރު ސްޓަޑީއެއް ހެދުމަށް ނިންމާފައިވޭ، ވޭރިއަންޓް އުޅުމުގެ ޕޮސިބިލިޓީއާ ގުޅޭގޮތުން." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުން ކޮވިޑްގެ އާ ވޭރިއަންޓް ފެނިފައިވާ އިރު، އާ ވޭރިއަންޓެއް ފެނިގެން އެންމެ ފުރަތަމަ ރިޕޯޓުކުރީ އިނގިރޭސިވިލާތުންނެވެ. ނަމަވެސް އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓާ ގުޅުމެއް ނެތް ކޮވިޑް ވޭރިއަންޓްވެސް ބައެއް އެހެން ގައުމުތަކުން ވަނީ ފެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު