ރ. ދުވާފަރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ، ދުވާފަރު މަގުހެދުމުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން އަދި ޒީބްރާ ކްރޮސިން ނިޝާން ޖެހުމުގެ މަސައްކަތާއި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި މަގުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިއީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު