މާލެ ސަރަހައްދުގައި ކަރަންޓީން ރިލީޒް ސާމްޕަލް ނަގާ ތަންތަނުން ވޮލަންޓަރީ ސާމްޕަލް ނެގޭނެ އިންތިޒާމުތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.
އެޗްޕީއޭއިން ބުނީ، މާލެ ސަރަހައްދުގައި ކަރަންޓީން ރިލީޒް ސާމްޕަލް ނަގާ ތަންތަނުން ވޮލަންޓަރީ ސާމްޕަލް ނެގުމުގައި ކޮވިޑްގެ އަލާމާތްތައް ހުރި މީހުންނާއި ޕޮޒިޓިވް މީހުންގެ ކޮންޓެކްޓުން އިސްތިސްނާ ވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ފުރުމަށް ޓެސްޓު ހަދާ މީހުންވެސް އިސްތިސްނާ ވާނެ ކަމަށް ބުންޏެވެ.
މާލޭގައި ކަރަންޓީން ރިލީސް ސާމްޕަލް ނެގުމުގެ ހިދުމަތް ދެނީ މާލެ ހިޔާ 2ގައި ހިންގި ފްލޫ ކްލިނިކުންނެވެ. ހުޅުމާލޭގައި އެ ހިދުމަތްދޭނީ ހުޅުމާލޭ ފްލޫ ކްނިލިކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު