ގދ. ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ތިނަދޫ އިން ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ފިރިހެނެއް ކަމަށް އެރަށުން "ވަން" އަށް މައުލޫމާތު ދިން މީހަކު ވަނީ ބުނެފަ އެވެ.
ތިނަދޫގައި ހުންނަ އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލުން ބުނީ އެމީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ކޭހާއެކު ތިނަދޫގައި މި ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު ވަނީ ދެއަކަށް އަރާފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ ޖުމުލަ މީހުންގެ އަދަދު 15،102 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 1،160 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 87 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 51 މީހަކު ވަނީ މަރުވެފައެވެ. އެއީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު