ކޮވިޑް 19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް ދޭ ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި މިހާތަނަށް 98.56 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-200 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ މެއި ހަތްވަނަ ދުވަހުއެވެ.
ފިނޭންސް މިިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި 10،843 މީހަކަށް 98.56 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ފްރަންޓްލައިން އެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު