ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން 24 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނެއެވެ. އެ ދެ ބޭފުޅުންވެސް ދޫކޮށްލާފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ.
ޕްރޮގްރެސިވް ކޮންގްރެސް ސްޕޯކްސްޕާސަން ހީނާ ވަލީދު "ވަން"އަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 24 މީހުން މިހާރު ދުކޮށްލާފައިވާ ކަމަށެވެ.
އަތޮޅުވެހިން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އަދުރޭ ވިދާޅުވީ އޭނާ ހައްޔަރުކުރީ މުޒާހަރާ ނިންމުމަށްފަހު ޕީޕީއެމް އޮފީހަށް ދަނިކޮށް ކަމަށާއި އޭނާ ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އަދުރޭ ވިދާޅުވީ އެބޭފުޅުންނާ ދޭތެރޭ ފުލުހުންގެ އިސްވެރިން ރާވާފައިވަނީ ވަރަށް ނުބައިކޮށް ކަންތައްތައް ކުރުމަށް ކަމަށާއި ނަމަވެސް އެތަނުގައި ތިބި ފުލުހުން އެބޭފުޅުންނާ ދޭތެރޭ ކަންތައް ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށެވެ.
އަދުރޭ ވިދާޅުވީ ޖަލަށް ދާން ޖެހުމަކީ ބިރު ގަންނަކަމެއް ނޫން ކަމަށާއި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންވެސް ހުންނެވީ ޖަލުގައި ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ހައްގުގައި ހަތަރު އަހަރު ޖަލުގައި އޮންނަން ވެސް އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
މިއަދު 24 މީހަކު ހައްޔަރުކޮށްފައިވާ އިރު، މިރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ޕީޕީއެމްގެ މެމްބަރަކު ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު