މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މާރާމާރީ ދެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
މާރާމާރީގެ މި މައްސަލައާ ގުޅިގެން ހޯދަމުން އަންނަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ބޮކުލް ހޮސައިން (31އ) އާއި ބަންގުލަދޭޝް ރައްޔިތެއްކަމަށްވާ މުހަމަދުލް ހަސަން (41އ) އެވެ.
އެހެން ކަމުން މި ދެ މީހުންގެ މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 99110099 އަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު