މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިގެން މިރޭ 7:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓުނީ އިއްޒުންދީން މަގުގައި ހުރި ރޭވަން ކިޔާ ގެއެއްގައި ހިންގަމުން ދިޔަ ގެސްޓުހައުސެއްގެ ހަތަރުވަނަ ފަންގިފިލާއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު