ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާ ފަދަ ތަންތަން މިއަދުން ފެށިގެން ފަތިހު 4:30 އިން ރޭގަނޑު 1:00އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ގޮތް ހަމަޖައްސައިފިއެވެ.
މީގެ ކުރިން ސައިހޮޓާ، ކެންޓީނު، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ފަތިހު 4:00 އާއި ރޭގަނޑު 11:30އާ ދެމެދަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 އަށް ކަމަށެވެ.
ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ އެފަދަ ތަންތަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ނިއު ނޯމަލްގެ އުސޫލުތަކާ އެއްގޮތަށް ސައިހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓުތައް ހުޅުވާފައިވަނީ އެފަދަ ތަންތަނުގެ އެތެރެއަށް ވަދެވޭނެ މީހުންގެ އަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބަހައްޓަން ޖެހޭނެ ގޮތަށެވެ. މިފަދަ ތަންތަނުގައި ތިން ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭ ގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އެޗްޕީއޭގެ ގައިޑްލައިނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު