ރާއްޖޭގެ ސިނަމާތައް ހުޅުވުމުގެ ހުއްދަދީ އެތަންތަން ބޭނުން ކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސިނަމާތައް ބަންދުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.
އެޗްޕީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ސިނަމާ ހިންގުމާއި ސިނަމާ ހޯލުތައް ބޭނުން ކުރަންވީ އުސޫލު ބާތިލުކޮށް އަލުން ސިނަމާތަށް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
އެގޮތުން ސިނަމާ ހިންގުމާއި ސިނަމާ ހޯލުތައް ބޭނުންކުރަންވީ ގޮތުގެ އުސޫލާއި އެއްގޮތަށް މާދަމާ އިން ފެށިގެން ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު