އަންހެނުންނާ ފޮށި އާންމު އުނދަގޫ ކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހެންވޭރުގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރިން މިއަދު 13:05 ހާއިރު އަންހެނުންތަކަކާ ފޮށި އާންމު އުނދަގޫ ކުރަމުންދިޔަ 50 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިތުރު ތަފުސީލެއް ފުލުހުން އާންމުކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ބުރާސަފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ހުރެ ވަން ބިދޭސީއަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި އޭނާއަކީ ނަފުސާނީ މައްސަލަތައް ހުންނަ މީހެއް ކަމަށާއި އޭނާ ރާއްޖެއިން ފޮނުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.