ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މެންދުރު 2:00ގައި ގައުމާ މުހާތަބުކުރައްވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ، ރައީސްގެ ވާހަކަފުޅުގައި ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.

މާލެއިން ކޮވިޑް 19ގެ ކޭސްއެއް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް ރައީސް ވަނީ ހަތަރު ފަހަރަކު ގައުމާ މުހާތަބުކުރައްވައިފައެވެ. އެންމެ ފަހުން ރައީސް ގައުމާ މުހާތަބު ކުރައްވާފައިވަނީ މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވާއިރު، މިއަދު މެންދުރު އިންޑިއާއިން ފޯރުކޮށްދޭ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެންނާނެ އެވެ.