ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ސާމާނާއެކު ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ވަގަށް ނަގާފައިވާ ކަރަންޓް ސާމާނާއި، މޯބައިލް ފޯން ފަދަ ތަކެތި ނުއަގުގައި ބިދޭސީންނަށް ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދެ ދިވެހިންނާއި 26 އަހަރާއި 35 އަހަރުގެ ދެ ބަންގްލަދޭޝް މީހުން ކަމަށާއި އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގެ ގެއެއް ބަލައިފާސްކޮށް އެގޭ ތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ގެ ބަލައިފާސްކުރި އިރު، އެކި ބްރޭންޑްތަކުގެ ދިހަ މޯބައިލް ފޯނާއި މަކީޓާ ބްރޭންޑްގެ ކަޓްއޮފަކާއި ޑިގްރީ ކީހަކާއި ލެޕްޓޮޕަކާއި ސްޕީކަރެއްގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހި ދެ މީހުންނަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށާއި ބަންގްލަދޭޝްގެ ދެމީހުންނަށް ހަތަރު ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު