ކ. މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މާފުށީ ކައިރީގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 1:23 ގައި ލިބިގެން، ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަލިފާން ރޯވި އިރު ސަފާރީގައި ތިބި މީހުން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށާއި މިހާރު ސަފާރީން ދުމުގެ އަސަރު ނުފެންނަ ކަމަށް އާންމު ފަރާތަކުން ގުޅައި މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް އެ އާންމު މީހާ މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

އިތުރު ތަފްސީލު އަންނަނީ