ރައީސް އޮފީހުން މައުލޫމާތު ފޯރުކޮށްދިނުން ހަރުދަނާކޮށް މީޑިއާތަކާއެކުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މަޝްވަރާކުރައްވައިފިއެވެ.
މަބްރޫކް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އޮފީހުން މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ސޯލިހު މިއަދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެ މަޝްވަރާގައި، އަންނަ މަހުން ފެށިގެން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި މިޑިއާތަކަށް ފަސޭހައިން ރައީސް އޮފީހުގެ މައުލޫމާތުތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ނިންމެވި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް "ވަން"އަށް ވިދާޅުވީ، އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފްތާއަކުން ރައީސް އޮފީހުން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދޭނެ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައީސް އޮފީހުގެ މީޑިއާ ހަރުދަނާކުރުމަށްވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖެއްސީ މިމަހުގެ ދިހަ ވަނަ ދުވަހުއެވެ. އޭގެ ކުރިން މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު