ގއ. ވިލިނގިއްޔާއި ދާންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވިލިނގިއްޔާއި ދާންދޫ މޮނީޓަރިންގެ ހާލަތަށް ގެނައީ ގއ. ދެއްވަދޫ ކުލަސްޓާއާ ގުޅުންހުރި ބަޔަކު ޕޮޒިޓިވްވެފައިވާތީ ކަމަށެވެ.
އެގޮތުން ދާންދޫން ދެ މީހަކު އަދި ވިލިނގިލިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ވިލިނގިއްޔާއި ދާންދޫ މޮނިޓަރިން އަށް ލާފައިވަނީ މުޖުތަމައު ތެރެއިން ބަޔަކު ޕޮޒިޓީވްވުމާ ގުޅިގެންނެވެ. އެގޮތުން ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 11 ގައި ކިޔަވަމުން އަންނަ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ ދަރިވަރަކީ ދާންދޫން އެރަށަށް ދިޔަ ދަރިވަރެކެވެ. އަދި އޭނާއާއެކު ދާންދޫގައި އެއްގެ އެއްގައި ދިރިއުޅުނު ދެ މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ގއ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ފުއާދު މިއަދު "ވަން" އަށް ވިދާޅުވީ ދާންދޫން ދިޔަ ދަރިވަރަށް ބަލި ޖެހިފައިވަނީ ދެއްވަދޫން ދާންދޫއަށް ދިޔަ ބައެއްގެ ފަރާތުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުވަދު އަތޮޅުން މިހާރު ތިން ރަށެއް މޮނިޓަރިން އަށް ލާފައިވާއިރު އެ ރަށްތަކަށް ބަލި ފެތުރުނު ގޮތެއް އަދި ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން ދެއްވަދޫން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު