ޅ. ނައިފަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ނައިފަރަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު މެންދުރުފަހު 2:50 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މާލެއިން ނައިފަރަށް ދިޔަ ދޯންޏަކުން ބޭލި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު ގެންދިޔަ ފޮށިގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސައިކަލުގައި އިން މީހާ ކުށުގެ ވެށިން ފިލައިގެން ދިއުމުން ކޯޓު އަމުރެއްގެ ދަށުން މިރޭ 7:34 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން މިރޭ ހައްޔަރުކުރީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން އަންނަނީ މި މައްސަަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު