ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ނަފީސް ހުސެއިންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ، އިބްރާހިމް ނަފީސް ހުސެއިންއާ ގުޅޭ ސުކޫލީ މައްސަލައެއް ބަލަމުން އަންނަނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށް ދިޔަ ގަޒިއްޔާއެއްގައި ދައުވާ ލިބުނު ފަރާތަށް ގާނޫނީ ވަކީލަކު އައްޔަންކުރުމުގެ ފުރުސަތު އިބްރާހިމް ނަފީސް ހުސެއިން ނުދެއްވި ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމައި ކޮމިޓީން ނިންމާފައިވާތީ، އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވަލާފައިވާ ކަމަށް ބުންޏެވެ.