މުވައްޒަފުންގެ ދަތިކަން ކުރިމަތިވެ، ގއ. ދެއްވަދުއަށް ސިއްހީ ހިދުމަތްތެރީންގެ ޓީމެއް ފޮނުވައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަދޫ ކްލަސްޓާގެ މައުލޫމާތުދެއްވަމުން އެޓޯލްސް ޕްރެޕެއާޑްނެސް ކްލަސްޓާގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ، ދެއްވަދޫން ޕޮޒިިޓިވްވި ކޭސްތަކާ ގުޅިގެން ބައެއް މުވައްޒަފުން ކަރަންޓީނަށް ދާން ޖެހުމުގެ ސަބަބުން މުވައްޒަފުންގެ ދަތިކަން އެރަށަށް ކުރިމަތިވެފައިވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ސިއްހީ ހިދުމަތްތެރީންގެ ޓީމެއް އެރަށަށް ފޮނުވާފައިވާ ކަމަށެވެ.
"މިވަގުތު އެރަށަށް ބޭނުންވާ ބައެއް ކަހަލަ ޓެކްނިކަލް މުވައްޒަފުން މިވަގުތު ވަނީ ރިޕްލޭސް ކުރެވިފައި. އެގޮތުން އަޅުގަނޑު ފާހަގަކޮށްލަން މިވަގުތު އިތުރު ދެ ނަރުހުން އަދި ހަމައެހެންމެ ޑޮކްޓަރެއް އަދި ހެލްތު ވޯކަރެއް ހިމެނޭހެން ވަގުތީ ގޮތުން ދެއްވަދޫގައި މަސައްކަތްކުރުމަށް އިތުރު ޓީމެއް ފޮނުވާފައި،" މައުރޫފް ވިދާޅުވިއެވެ.
ދެއްވަދޫން މިހާތަނަށް 22 މީހަކު ޕޮޒިޓިްވެފައިވާ އިރު، 149 ކޮންޓެކްޓުން އެރަށުން ވަނީ ފާހަގަކުރެވިފައެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ހުޅުމާލެއިންނާއި ލ. ފޮނަދޫން ވެސް ކޭސްތަކެއް ފެނިފައިވެއެވެ. އެގޮތުން ފޮނަދޫން ހަތަރު ކޭސް އަދި ހުޅުމާލެއިން ދެ ކޭސް ފެނިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު