ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް އޮފީހުގެ ސްޕޯކްސްޕަސަންގެ މަގާމު އުފައްދަވައި އެ މަގާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މުހައްމަދު މަބްރޫކު އަޒީޒު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ، މަބްރޫކު އެ މަގާމަށް އަޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ.
މަބްރޫކް އެ މަގާމަށް އައްޔަންކުރައްވާފައި މިމަހުގެ އެކަކުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ހަބަރާއި މައުލޫމާތު ހޯދުމަށް ގުޅަންޖެހޭނީ މަބްރޫކަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރިން ކުރައްވަމުން ގެންދެވީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިކް އިބްރާހިމް ހޫދެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 29، 2018 ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު