މާލެ ސިޓީގެ ގޭބީސީތަކުން މިރެއިން ފެށިގެން ކުރި ނެރެން ޖެހޭނީ ރޭގަނޑު ކަމަށް ވެމްކޯއިން ބުނެފި އެވެ.

މާލޭގައި ކުރިން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން ކުރަމުން އައީ މެންދުރު 12:00 އިން 2:00 އަށެވެ. ނަމަވެސް މިރެއިން ފެށިގެން ގޭގެއިން ކުނި ނެރެން ޖެހޭނީ 10:00 އިން 12:00 އާ ދެމެދުއެވެ. އަދި ކުނި ނަގަން ފަށާނީ 12:00 އިން ފެށިގެންނެވެ.

މި ބަދަލު ވެމްކޯ އިން ގެނައީ ހަމައެކަނި މާލެ ސިޓީގެ ގޭބިސީތަކަށެވެ. ވިލިމާލެ އާއި ހުޅުމާލޭން ކުނި ނެރެން ޖެހޭނީ ކުރިއެކޭ އެއްގޮތަށް މެންދުރު 12:00 އިން 2:00 އަކަށެވެ. އަދި މިހާރެކޭ އެއްގޮތަށް ދެން ވެސް ކުނި ބަހައްޓަން ޖެހޭނީ ގޭގޭގެ ތިރިއަށް ނެރެފަ އެވެ. ވެމްކޯގެ މުވައްޒަފުން ވަކިވަކި ފަންގިފިލާތަކަށް ނާރާނެ އެވެ.

ވެމްކޯ އިން މި ބަދަލު ގެނައީ މިއަދުން ފެށިގެން ސްކޫލްތައް ހުޅުވުމުން މާލޭގެ މަގުތަކުގެ ބާރުބޮޑުވާނެތީ ދުވާލުގެ ވަގުތުތަކުގައި ވެމްކޯގެ ވެހިކަލްތައް މަގުމަތީގައި ހަރަކާތްތެރިވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކަ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު މީގެ ކުރިން ވިދާޅުވީ، މި މަސައްކަތަކީ ވެމްކޯގެ މުވައްޒަފުންނަށް ވަރަށް ބުރަ މަސައްކަތެއް ކަމަށާއި ރޭގަނޑު ނުނިދާ ހޭލައި ތިބެގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.