ޏ. ފުވައްމުލަކުގައި މޫދު އަޑިން ނެގި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުވައްމުލަކު މާނޭރެ އަތިރި ސަރަހައްދަށް މޫދަށް އެރި އުޅުނު 17 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 4:50 ހާއިރު އެވެ.
ނަމަވެސް އޭގެ ގަޑިއިރެއް ފަހުން އެ ކުއްޖާ މޫދު އަޑިން ފެނުނެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ޑޮކްޓަރުން މަސައްކަތް ވެސް ކުރި އެވެ.
ފުލުހުން ބުނީ، އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދާދި ދެންމެއަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.