ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ނިޔާމަ ރިސޯޓުން މިހާތަނަށް ޖުމްލަ 14 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން އަށް ފަހު 26 ކޮންޓެކްޓުން ވަނީ ފާހަގަކުރެވިފައި" ޑރ ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެ ރިސޯޓުން ފުރަތަމަ ނެގި 86 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ ރިސޯޓުގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނިޔާމަ ރިސޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެ ރިސޯޓުގެ މުވައްޒަފެކެވެ. އޭގެ އިތުރުންވެސް މި ކޭސްތަކާ ގުޅުމެއް ނެތް ފަތުރުވެރިއަކުވެސް އެ ރިސޯޓުން ޕޮޒިޓިވްވެފައިވެއެވެ.
ނިޔާމަ ރިސޯޓުން ޕޮޒިޓިވްވެފައިވަނީ ފަސް މުވައްޒަފުންނާއި ނުވަ ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު