ހުޅުމާލޭ މިނީ ޓާފު ދަނޑެއްގައި ލައިޓެއް ހަރުކުރުމަށް އުޅުނު ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިރޭ 9:00 ހާއިރެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ ވެއްޓުނީ 15 ވަރަށް ފޫޓު މަތިންނެވެ. އަދި އޭނާ ވެއްޓުނީ ކައްސާލައިގެން ކަމަށް އެނގިފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، އެ ބިދޭސީ މީހާއަށް އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ.

"ކުޑަހުޅު އެއްކޮށް ނެއްޓިފައި އޮތީ، ދެން ފަޔަށްވެސް ހުރި ބޮޑެތި ގެއްލުންތަކެއް ވެފައި." މަންޒަރު ދުށް ފަރާތަކުން "ވަން"އަށް ކިޔައިދިނެވެ.

އެ ބިދޭސީ މީހާއަށް މިހާރު އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.