މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާ ގުޅިގެން މާފުށީ ޖަލުގައި ސާޗް އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާ ގުޅިގެން ޕްރިޒަން އޮފިސަރުންނާއި ފުލުހުން ގުޅިގެން ސާޗް އޮޕަރޭޝަނެއް ކުރިއަށްގެންދާ ކަމަށެވެ.
މާފުށި ޖަލުން ބަޔަކު ފިލާފައިވާ ކަމުގެ ހަބަރުތަކެއް ފެތުރިފައިވީ ނަމަވެސް، ފުލުހުން ބުނީ ބަންދުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު މަދު ނޫން ކަމަށް ކަރެކްޝަންސް އިން މައުލޫމާތުދޭ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށި ޖަލު ސަރަހައްދަށް މިރޭ ބޭރުން ބަޔަކު ގަވައިދާ ހިލާފަށް ވަން ކަމުގެ މައުލޫމާތު ލިބިގެން ޖަލު ކުއްލި ހާލަތަށް ގެނެވިފައިވާ ކަމަށާއި ޖަލުން އެއްވެސް ގައިދީއެއް ފިލާފައި ނުވާ ކަމަށެވެ.
"ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރެކްޝަންސްއާއި ފުލުހުންގެ އެ އޮޕަރޭޝަނަކީ ޖަލުގެ އިރުމަތީ ފަރާތު ފާރުމަތިން ތިން މީހަކު ޖަލު ތެރެއަށް ވަދެފައިވާތީ ހިންގާ އޮޕަރޭޝަނެކެވެ.
ގަވައިދާ ހިލާފަށް މާފުށީ ޖަލަށް ވަން މީހުން ހޯދިފައިވާ ކަމެއް އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު