ސްކޮޓްލެންޑް ލޮކްޑައުން ކޮށްފިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ސްކޮޓްލެންޑް ލޮކްޑައުން ކޮށްފައިވާ ކަން އާއްމުކުރައްވައި ބޮޑުވަޒީރު ނިކޮލާ ސްޓާޖިއޮން ވަނީ ރައްޔިތުންނަށް މައުލޫމާތު ދެއްވައިފައެވެ. ނިކޮލާ ވަނީ އެގައުމުން އާ ސްޓެރެއިން ފެނި ފެތުރުން އަވަސްވެފައިވާކަމަށާއި ލޮކްޑައުންކޮށް އަޅާ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ލޮކްޑައުން އަށް އަމަލުކުރުމާއެކު އެގައުމުގައި މީހުން ބޭރަށް ނިކުތުން މަނާވާނެކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އަޅުކަން ކުރާ ތަންތަން ބަންދުކުރުމުގެ އިތުރުން ސްކޫލްތައްވެސް އަންނަ މަހުގެ ނިޔަލަށް ބަންދު ކޮށްފައިވާކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ނިކޮލާ ވަނީ ސްކޮޓްލެންޑް ލޮކްޑައުން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނިޔަލަށް ކަމަށް ވިިދާޅުވެފައެވެ. އަދި ހާލަތަށް ބަލައި ލުއިދިނުމަށް ނިންމާފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސްކޮޓްލެންޑުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 1905 ކޮވިޑް ކޭސްފެނިފައިވާކަމަށް ރެކޯޑް ކޮށްފައެވެ.