އައްޑޫ ސީޓީ، މަރަދޫގައި ހުންނަ ރޫޓު ފިހާރަ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ، މަރަދޫ ރޫޓު ފިހާރަ ފަޅާލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ފުލުހުން ނުބުނެއެވެ. "ވަން" އަށް މައުލޫމާތުދެއްވަމުން ރޫޓު ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަން އަދި ނޭނގޭ ކަމަށެވެ.
މަރަދޫ ރޫޓު ފިހާރަ ފަޅާލި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
މަރަދޫ ރޫޓު ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ އާއި ތަކެތި ވަގަށް ނަގާފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ފަސް މީހަކަށް ދައުވާކޮށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު