އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުުހުންގެ ހިދުމަތުގައި 20 އަހަރު ދުވަހު އުޅުއްވުމަށްފަހު ޝަރަފުވެރިކަމާއެކު ޑރ. ފައިރޫޝް މިއަދު ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުގައި ކޮށްދެއްވި ހުރިހާ މަސައްކަތްތަކަށް ސީޕީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކި ކުރިއެވެ. އެހެން ނަމަވެސް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފައިރޫޝަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވާއިރު އެ ހުކުމްގައި ވަނީ އެންމެ ފަހުން އޭނާ ހުރި ރޭންކުގެ ވަޒީފާއެއް ހަމަޖެއްސުމަށެވެ.
ސިވިލް ކޯޓުގެ ހުކުމާ އެކު، އެންމެ ފަހުން އޭނާ ހުންނެވި ރޭންކުގައި ފުލުހުންގެ ވަޒީފާ ވަނީ ފައިރޫޝް އަށް ހަމަޖައްސައިފަ އެވެ. ފުލުހުންގެ އިދާރާ އިން ވަކިވުމާ ހަމައަށް ފައިރޫޝް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ. އޭނާ ވަޒީފާ އިން ވަކިކުރި އިރު ހުންނެވީ އޮސްޓްރޭލިއާގައި ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޓަޔާ ވުމަށްފަހު ފައިރޫޝް އޮސްޓްރޭލިއާ އަށް ދިރިއުޅުއްވުން ބަދަލު ކުރެއްވުމަށް ވަނީ ނިންމަވައިފަ އެވެ. އަދި އެގައުމުގެ ޔުނިވާސިޓީއަކުން އޭނާ އަށް ވަޒީފާ ހަމަޖެހިފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު