ކޮވިޑް - 19 އާއި ގުޅިގެން މާލޭގައި މިހާރު ގާއިމްކޮށްފައިވާ ފުލޫ ކްނިކުން ރިލީޒް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލޭ ފްލޫ ކްލިނިކުން ރިލީޒް ސާމްޕަލް ނަގާނީ ހަވީރު 5:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.

މާލޭގައި ފުލޫ ކްލިނިކްތަކެއް ކޮވިޑާއި ގުޅިގެން ގާއިމްކުރި އެވެ. ނަމަވެސް މާލެ ހިޔާގައި ގާއިމް ކުރި ފުލޫ ކްލިނިކުން ދެމުން ގެންދިޔަ ހިދުމަތްތައް ވަނީ ފަހުން ހުއްޓާލާފަ އެވެ.

މިހާރު ހިދުމަތް ދެމުން އަންނަނީ، ސެނަހިޔާގައި ގާއިމްކޮށްފައިވާ ފުލޫ ކްލިނިކުންނާއި އައިޖީއެމްއެޗުގެ ފުލޫ ކްލިނިކުންނާއި ވިލިމާލޭގައި ގާއިމްކޮށްފައިވާ ފުލޫ ކްލިނިކުންނާއި ހުޅުމާލޭ ޕްރީ ސްކޫލްގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުންނެވެ. އޭގެ އިތުރުން އޭޑީކޭގައި ގާއިމްކޮށްފައިވާ އޮންލައިން ފްލޫ ކުލިނިކުންވެސް ހިދުމަތް ލިބޭނެ އެވެ.

އެގޮތުން އެޗްޕީއޭއިން ބުނީ ރިލީޒް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކުން ކަމަށެވެ.