އާ އަހަރު ފާހަގަކުރުމުގެ ގޮތުން 43 ރިސޯޓެއްގައި ހަވާ އަރުވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް "ވަން" އަށް ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް 43 ރިސޯޓެއްގައި ހަވާ އެރުވުމުގެ އިންތިޒާމް ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ހަވާ އެރުވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމްއެންޑީއެފުން ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަހަރު ފެށުމުގެ ގޮތުން ވެސް އެމްއެންޑީއެފުން ވަނީ ރާއްޖޭގެ 47 ރިސޯޓެއްގައި ހަވާ އަރުވައިފަ އެވެ. އަދި ބައެއް އަމިއްލަ ހަފްލާތަކަށް ވެސް ސިފްކޯ އިން އަންނަނީ ވިޔަފާރި އުސޫލުން ހަވާ އަރުވައިދެމުންނެވެ.