ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ޕީޕީއެމްގެ އިސްތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މުއިއްޒުގެ ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަައިވާ ކަމަށެވެ. ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މުއިއްޒު ފަރުވާ ހޯއްދަވަނީ ކޮން ބައްޔަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެއެވެ.

އައިޖީއެމްއެޗުގައި މުއިއްޒު އެޑްމިޓް ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ.

މުއިއްޒުއަށް ފަރުވާ ދެނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް އަޑުފެތުރުނު ނަމަވެސް ޕީޕީއެމުން އެކަން ދޮގުކުރެއެވެ.

މުއިއްޒުއަކީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅެކެވެ.