ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަންހެނަކު އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ގޮވައިގެން އުމްރާގެ އަޅުކަމަށް ދާން އެއްކޮށްފައިވާ ފައިސާކޮޅު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ތިނަދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ނެގި މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް ނުކުރާ ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އަންހެން މީހާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އޭނާގެ ދަރިފުޅުގެ ބޭސްފަރުވާ އާއި އެ ދަރިފުޅު ގޮވައިގެން އުމްރާގެ އަޅުކަމަށް ދިޔުމަށް އެއްކޮށްފައިވާ 7،700 އަށްވުރެ ގިނަ ޑޮލަރާއި 2،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މިއީ އޭނާ ހަތަރު އަހަރު ދުވަހުގެ މަސައްކަތުން އެއްކޮށްފައިވާ ފައިސާ ކަމަށާއި އެ ފައިސާ ވަގަށް ނަގާފައިވަނީ އޭނާ ދިރިއުޅެ ގޭގެ އަލަމާރިން ކަމަށްވެސް ބުނެފައި ވެއެވެ.
މިއަންހެން މީހާ ބުނެފައިވަނީ ފައިސާތައް ވަގަށް ނަގާފައިވަނީ މިމަހުގެ 23 ނޫނީ 24 ވަނަ ދުވަހު ކަމަށެވެ. އަދި ފައިސާ ވަގަށް ނަގާފައިވަނީ ގޭގެ އެއްވެސް ތަނަކަށް ގެއްލުން ނުދީ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު