އެމްޓީސީސީން ތ އަތޮޅާއި ލ އަތޮޅާއިދެމެދު ލޯންޗު ފެރީގެ ހިދުމަތް އިފްތިތާހު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ފުރަތަމަ ދަތުރު މިއަުދ ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ތ އަދި ލ އަތޮޅާ ދެމެދެ ފަށާ ލޯންޗު ފެރީގެ ހިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި ލ. ގަމެވެ. އެގޮތުން މި ހިދުމަތުގައި ތ. ވޭމަންޑޫން ތ. ތިމަރަފުއްޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 75 ރުފިޔާއެވެ. ދެކޮޅު ދެކޮޅު ޓިކެޓުގެ އަގަކީ 150 ރުފިޔާއެވެ. ތ. ވޭމަންޑޫ އަދި ތ. ތިމަރަފުށިން ލ. ގަމަށް އެއްކޮޅު ޓިކެޓުގެ އަގަކީ 250 ރުފިޔާއެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 400 ރުފިޔާއެވެ.

އެމްޓީސީސީން ބުނީ، ތ. އަތޮޅާއި ލ އަތޮޅާ ދެމެދު މި ހިދުމަތް ހަފުތާއަކު ހަތަރު ދުވަހު (ހޮނިހިރު، އާދީއްތަ، އަންގާރަ، ބުރާސްފަތި ދުވަހު) ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޓީސީސީން ވަނީ، އެ ހިދުމަތް ފެށްޓުމުގައި އެކުންފުންޏަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ޝުކުރު އަދާކޮށްފަ އެވެ.