މާލޭގެ ފިހާރައަކަށް ވަދެ، އެ ފިހާރައިގައި މަސައްކަތްކުރާ ބިދޭސީއަކަށް ހަމަލާދީ އޭނާގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ ނިކަގަސްމަގުގައި ހުރި ފިހާރައަކަށް ވަދެ، އެ ފިހާރައިގައި އިން ބިދޭސީއަކަށް ހަމަލާދީ ބޯފަޅާލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 5:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާއަށް ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާ އިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.