ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ދާން ޝައުގުވެރިވާ ކަމަށް ބުނުމުން ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ލިވަޕޫލްގެ ތަރި ސަލާހު ޓްރާންސްފާއަކަށް ވިސްނާ މޭރުމުން ވާހަކަ ދައްކާފައިވަނީ އޭއެސް ނޫހަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނެފައިވަނީ ބާސެލޯނާއާއި ރެއާލް ފަދަ ކްލަބަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ނޫނެކޭ ބުނަން އުނދަގޫވާނެ ކަމަށެވެ.
"ބާސާއާއި ރެއާލްއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ދެ ކްލަބު. އެ ދެކްލަބުން ހުށަހެޅުން އައިސްފިނަމަ ނޫނެކޭ ބުނަން އުނދަގޫވާނެ. އެކަމަކު މިވަގުތު ވިސްނަނީ ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ނަގައި، ލީގުވެސް ކާމިޔާބުކުރުން،" ސަލާހް ބުނެފައިވެއެވެ.
ސަލާހްގެ ވާހަކައާ ގުޅިގެން ލިވަޕޫލްގެ ފުޓުބޯޅަ ލެޖެންޑް ޖޯން އަލްޑްރިޖް ބުނީ އެ ފެންވަރުގެ ކުޅުންތެރިންނަށް އަބަދުވެސް ޓްރާންސްފާ ހުށަހެޅުންތައް އަންނާނެ ކަމަށާއި އެހެންނަމަވެސް އަބަދުވެސް ޖެހޭނީ އެ ކަންކަމަށް ފުރަގަސް ދޭން ކަމަށެވެ.
"ސަލާހު ފެންވަރުގެ ކުޅުންތެރިންނަށް އަބަދުވެސް ހުށަހެޅުންތައް އަންނާނެ. ހާއްސަކޮށް ރެއާލްއާއި ބާސާ ފަދަ ކްލަބުތަކުން. މިސާލަކަށް ހެރީ ކޭން ފަދަ ކުޅުންތެރިން. އެއީ އެކަން އޮންނާނެ ގޮތް. ސަލާހު އެކަންޏެއް ނޫން، މާނޭ ފަދަ ކުޅުންތެރިންވެސް، އެއީ ހަމަ އެފަދަ ކުޅުންތެރިން. އަހަރެން ޕާސަނަލީ އެއްޗެކޭ ބުނާ ނަމަ، ރެއާލްގެ ކެޕްޓަން ރާމޯސް، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަލާހަށް ހެދި ގޮތުން ރެއާލަށް ސަލާހު ނަފުރަތު ކުރަން ޖެހޭ،" އަލްޑްރިޖް ބުންޏެވެ.
އެލްޑްރިޖް ބުނީ ލިވަޕޫލް ދޫކޮށް، ސަލާހު ރެއާލަށް ދިއުމަކީ ދަށްވުމެއް ކަމަށެވެ. މިވަގުތު ދުނިޔޭގެ އޮތް އެންމެ މޮޅު ކްލަބަކީ ލިވަޕޫލް ކަމަށާއި އެ ކްލަބުން އެހެން ކޮންމެ ކްލަބަކަށް ދިޔަ ނަމަވެސް އެއީ ޑައުންގްރޭޑެއް ކަމަށް އަލްޑްރިޖް ބުންޏެވެ.
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު
މުހައްމަދު ސަލާހު