ވޯލްޑް ކަޕް 32 ގައި މިސްރުން މިރޭ އޮސްޓްރޭލިއާ މެޗަށް ނުކުންނަ އިރު، ޓީމުގެ ތަރި އަދި ކެޕްޓަން މުހައްމަދު ސަލާހްގެ ފިޓްނަސްއާ ދޭތެރޭ ޝައްކުތަކެއް އެބަހުރި ކަމަށް ކޯޗު ހޮސާމް ހަސަން ބުނެފިއެވެ.
ސަލާހްގެ މަސްގަނޑަށް އަނިޔާވެފައިވަނީ މިސްރުން އިރާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު 1-1 އިން އެއްވަރު ވެފައިވާ އިރު، މިއީ މިސްރުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗެވެ. ތާރީހީ މެޗަށް ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަނިޔާއެއްގައި ހުރުން އެއީ އެޓީމަށް މާޔޫސްކަމެކެވެ.
"ސަލާހަކީ ޕެޝަނެޓް ކުޅުންތެރިއެއް. އޭނާއަށް ކުރެވުނު ކަމެއް ކުރަން އަބަދުވެސް ހުންނާނީ ތައްޔާރަށް. އެކަމަކު 100 ޕަސެންޓް ފިޓް ނުވާނަމަ ސަލާހާ ދޭތެރޭ އަހަރެން ރިސްކެއް ނުނަގަނާން. ސަލާހް ކުޅުން އެއީ އަހަރެމެން އެންމެންގެވެސް އުންމީދަކީ. އެކަމަކު މިހާރު ހުރި ފިޓްނަސްގައި އޭނާ މެޗު ފަށާނެ ކަމާމެދު ސުވާލުތަކެއް އެބަހުރި،" ހޮސާމް ބުންޏެވެ.
ސަލާހް މިހާތަނަށް ގްރޫޕް ސްޓޭޖުގައި އެއް ގޯލު ޖަހާފައިވާ އިރު، އޭނާ ގޯލު ޖެހީ ނިއު ޒިލޭންޑް ކޮޅަށެވެ. އެ މެޗުން މިސްރު ވަނީ މޮޅުވެފައެވެ. ހޮސާމް ބުނީ ސަލާހް ބުދަ ދުވަހު ކޮންމެވެސް ވަރަކަށް ތަމްރީނުތަކުގައި ބައިރިވި ކަމަށާއި، އެއީ ފުލް ޓީމް ޓްރެއިނިންގައި ނޫން ކަމަށެވެ.
އޮސްޓްރޭލިއާ މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު، ފިޒިކަލީ އުނދަގޫތަކެއް ދިމާވާނެތޯ ސުވާލުކުރުމުން ހޮސާމް ބުނީ ފުޓުބޯޅައަކީ ވަރުގަދަ ބޮޑެތި ކުޅުންތެރިންނަށް އެކަނި ތަފާތު ދެއްކޭ ކުޅިވަރެއް ނޫން ކަމަށެވެ. އެގޮތުން ޑިއޭގޯ މަރަޑޯނާއާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނަށް މިސާލު ޖަހަމުން ހޮސާމް ބުނީ މިއުޅެނީ ރަގްބީ ކުޅެން ނޫން ކަމަށެވެ.
އޭގެ އިތުރުން އޭނާ ބުނީ އެފްރިކާ ޓީމަކަށް ދިގު ކުޅުންތެރިންނާ ދެކޮޅަށް ކުޅުން އެއީ އާ ކަމަކަށް ނުވާނެ ކަމަށެވެ.
މިސްރާއި އޮސްޓްރޭލިއާ ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 11:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް