ހެންވޭރުގައި ހުރި ފަހާ ތަނަކުން ފައިސާތަކެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.
އެމީހާގެ ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ، އެ މީހާއަކީ މިމަހުގެ ފަސްވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.
އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 472199 އެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު